އުމުރުން އެންމެ 13 އަހަރުން ފެށިގެން އެތައް ބަލިތަކެއް ތަހައްމަލުކުރަމުން އަންނަ އިސްމާއިލް ޝައިޙާން މުހައްމަދު އަކީ 2014 އިން ފެށިގެން ލޭމައްޗަށް ގޮސް ބޭސްކުރަމުން އަންނަ ޒުވާނެކެވެ. ސުކޫލުގައި ކިޔަވަމުންދިޔައިރުވެސް ޝައިޙާން ދިޔައީ ބޭސްކުރަމުންނެވެ. އެގޮތަށް ބޭސް ކުރަމުންދަނިކޮށް ނޭފަތުންނާއި ކިޑްނީއިން ލޭއަންނަން ފެށި ކަމަށާއި ކުޑަކަމުދާއިރު ލޭ ހުރުން ފަދަ ކަންތައް ކުރިމަތިވި ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ. މިފަދަ ގިނަ މައްސަލަތައް ދިމާވެގެން ޑޮކްޓަރަށް ދެއްކުމުން އަނެއްކާވެސް އެހެން ބައްޔެއް ހުރިކަން އެނގިގެންދިޔައެވެ. 2015 އިން ފެށިގެން ރާއްޖެއިން ބޭރުން އެ ބައްޔަށް ބޭސް ފެށިއެވެ. އޭގެ ފަހުން އެނގިގެން ދިޔައީ އޭނާގެ އަނގައިގެ ކެންސަރު ވެސް ޖެހިފައިވާ ކަމެވެ. "އައިޖިއެމްއެޗަށް…